ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު، ދިވެހި ވަފުދު އެސެމްބްލީ ހޯލުން ނިކުމެއްޖެ

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ދިވެހި ވަފުދު ނިކުތްއިރު އެހެން ބައެއް ގައުމުތަކުގެ ވަފުދުތައްވެސް ހޯލުން ވަނީ ނިކުމެފައި ---
ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ދިވެހި ވަފުދު ނިކުތްއިރު އެހެން ބައެއް ގައުމުތަކުގެ ވަފުދުތައްވެސް ހޯލުން ވަނީ ނިކުމެފައި ---

އދ.ގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށް، ދިވެހި ވަފުދު އެސެމްބްލީ ހޯލުން ނިކުމެއްޖެއެވެ. މިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމު ބަހުސްގެ ތަގުރީރު ދޭން ނަތަންޔާހޫ ފެއްޓެވުމާއެކު، ފަލަސްތީނާއެކު ދިވެހިރާއްޖެ އޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދިވެހި ވަފުދު ހޯލުން ނިކުތީ ކަމަށެވެ.

https://twitter.com/abkhaleel/status/1971584616692961685?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1971584616692961685%7Ctwgr%5E516ba1b34095dc9915c25ed0f1f2fba1d424f8e0%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1308078%2F

"ރާއްޖެއިން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު،" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ވަފުދު ހޯލުން ނިކުމެފައިވާއިރު، އެހެން ގިނަ ގައުމުތަކުގެ ބޭފުޅުން ވެސް ވަނީ ނަތަންޔާހޫ ވާހަކަ ދައްކަވަން ފެއްޓެވުމުން ހޯލުން ނިކުމެފައެވެ.

ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތް ގައުމުތަކަށް ދިވެހިރާއްޖެއިން ވަނީ ދާދިފަހުން މަރުހަބާ ވެސް ކިޔާފައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތްކަން ހާމަކޮށްފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ.

ފަލަސްތީނު ރައްޔިތުންގެ އިއްޒަތާއި އަބުރު އަދި އެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ފަލަސްތީނުގެ ހައްގުގައި ތެދުވުމަށް ގޮވާލާފައެވެ. އަދި ވަކި ދައުލަތެއް ފަލަސްތީނުގައި ގާއިމްކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ނިރުބަވެރި އިސްރާއީލުން ގެންދަނީ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން ރޯމާ ދުވާލު ގަތުލުކުރަމުންނެވެ. އަދި އެ ރައްޔިތުންގެ ގެދޮރުތައް ހަލާކުކޮށް، އެއީ އެ މީހުންގެ ބިން ކަމުގައި ދައުވާ ކުރަމުންނެވެ.