އޮކްސްފޯޑުން ޕީއެޗްޑީ ހާސިލު ކުރެއްވި ފުރަތަމަ ދިވެއްސަކަށް އަޙްމަދު ޝައްފާން މުޙައްމަދު
ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ދުވަސްވީ ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ އޮކްސްފޯޑް ޔުނިވަރސިޓީން، ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސަކަށް ޒުވާން ގާނޫނީ ވަކީލު އަޙްމަދު ޝައްފާން މުޙައްމަދު މިއަދު ވެއްޖެއެވެ.
ޝައްފާން މި ޝަރަފު ހޯއްދެވީ އުމުރުން 30 އަހަރުގައި ކޮޕީރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކާ ބެހޭ ދާއިރާއިން ޕީއެޗްޑީ ތީސިސް ނިންމަވައިގެންނެވެ.
ރާއްޖޭގައި މިހާރުވެސް ގާނޫނީ ދާއިރާއިން ހަރަކާތްތެރިވަމުން އަންނަ ޝައްފާން، އޮކްސްފޯޑުން މާސްޓާސް ޑިގްރީވެސް ހާސިލު ކުރައްވާފައިވެއެވެ. އޭނާގެ ފުރަތަމަ ޑިގްރީ، ގާނޫނީ ދާއިރާއިން ނެންގެވީ އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖުންނެވެ.
Ads by BMLސްކޫލް ދައުރުން ފެށިގެންވެސް ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއްގެ ގޮތުގައި ފާހަގަވެފައިވާ ޝައްފާނަކީ، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ފިރާގު (އިނަމޯލްޑިވްސް ފިރާގު)ގެ ދަރިފުޅެކެވެ.
އޮކްސްފޯޑް ޔުނިވަރސިޓީއަކީ އެ ތަނުން ކިޔަވައިގެން ނުކުންނަ ގިނަ ދަރިވަރުން ދުނިޔޭގެ ފެންވަރުގެ ލީޑަރުންނަށް ހައްދާ، ކިޔަވައިދިނުމުގެ ފެންވަރާއި ރިސާޗްތަކުގެ ކޮލިޓީއަށް މަޝްހޫރު ތަނެކެވެ.
Ads by MACL
