ފެނަކަ ބޮޑު ވައްކަމުގެ އިންސާފުވެރި ތަޙްޤީޤަކަށް މިނިސްޓަރ އާދަމް ޝަރީފް ގޮވާލައްވައިފި
ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލަ އިންސާފުވެރި ތަޙްޤީޤަކުން ބެލުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ. އާދަމް ޝަރީފް މިކަން ހާމަކުރައްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާދަމް ޝަރީފްގެ ޕޯސްޓުގައި ފެނަކަ އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެދުވަސްވަރު ވެސް ގެނެސްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުންނާއި، އެމްޑީޕީ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ވެސް އަދި މިނިވަން މުއައްސަސާތަކުން ވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
https://twitter.com/Adamshareefz/status/1971846974539550727?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1971846974539550727%7Ctwgr%5E76d235e1bc0f60f3e5006799cac96c9c650173c1%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FAdamshareefz%2Fstatus%2F1971846974539550727މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެފައިވަނީ، "އެމްޑީ ސައީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާއަރަމުން." މިކަމުން ދޭހަވަނީ މިވައްކަމުގައި އިތުރު ބަޔަކު ވެސް ޝާމިލުވާކަމަށް އޭނާ ގަބޫލުކުރައްވާ ކަމެވެ.
Ads by BMLއާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ގޮސް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާމެދު އިންސާފުވެރި ތަޙްޤީޤެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމުގައެވެ.
އަދި މިހާތަނަށް އަޅައިނުލައި ތިބި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި، މިޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުޅިން ނައްތާލައިގެން ކަމަށް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މި ހަފުތާގައި އޮޑިޓް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި، ކުރީގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވައްކަމާއި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިފައިވެއެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް، މިކަމުގެ ތަޙްޤީޤަށް ގޮވާލުންތައް އަންނަނީ އިތުރުވަމުންނެވެ.
Ads by MACL
