ފެނަކައިން ކުރި ބޮޑު ވައްކަމުގައި އެމްޑީޕީގެ އިސްވެރިން ޝާމިލުވޭ: މެންބަރު ފަލާޙް
ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަން ތެރެއިން ހިންގި ބޮޑު ވައްކަމުގެ މައްސަލައިގައި އެމްޑީޕީގެ އިސްވެރިން ޝާމިލުވާކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާޙް، ތުހުމަތުކުރައްވައިފިއެވެ.
ފަލާޙް މިއަދު ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ވައްކަންތަކުގެ ފައިސާގެ ބައި އެމްޑީޕީގެ މުޅި ލީޑަރޝިޕަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
ފަލާޙްގެ ޕޯސްޓްގައި ފެނަކައިގެ ވައްކަމަކީ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އެކަނި ކުރެއްވި ކަމެއް ނޫން ކަމަށް ބަޔާންކުރައްވާފައިވެއެވެ.
Ads by BML"މި ވައްކަންމީ ސައީދު އެކަނިކޮށްފައި އޮތްކަމެއް ނޫން. އެމްޑީޕީގެ މުޅި ލީޑަރޝިޕަށް މިފައިސާގަނޑުންވަނީ ބައި އަޅާފަ. ސަޢީދު އެކަނި ބޮލަށް ކަނޑާލާފައި ރައްކާވާންނޫޅޭ،" ފަލާޙް ވިދާޅުވިއެވެ.
https://twitter.com/IbrahimFalahR/status/1971851370253721767?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1971851370253721767%7Ctwgr%5E4866fda85986870ca9e2dd61d7893f56e50e5c8c%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FIbrahimFalahR%2Fstatus%2F1971851370253721767
މީގެ އިތުރުން ފަލާޙް ވަނީ 2023 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުނަމަ، ދިވެހި ރައްޔިތުން މިއަދު ތިބޭނީ ކަނު އަނދިރީގައި ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ، އޮކްޓޯބަރ 3ގައި އެއްވާން ގޮވަނީ މިފަދަ ބޮޑެތި ވައްކަންތައްކޮށްފައި އެކަމުން ރެކެންވެގެން ކަމަށާއި، ރައްޔިތުންގެ ބަޔަކު މަގުމައްޗަށް ނެރެ އެމީހުން ލައްވާ ކުއްތަކަށް އަރުވައި، މިވެރިން ބަޗަންވެގެން ކަމަށް ފަލާޙް ތުހުމަތުކުރެއްވިއެވެ.
ފަލާޙް އިޝާރާތްކުރެއްވީ، އެމްޑީޕީގެ ކުރީގެ ބައެއް މަޖިލިސް މެމްބަރުން ރިސޯޓްތައް ހަދަން ރަށްތައް ގަނެ، ބައެއް މީހުން ރިސޯޓް ހަދަން ފަށާފައިވާކަމަށެވެ. އަދި މިފަހަރު ފަޅާއަރާފައިމިވަނީ ކުރީގެ ރައީސް ޔާމީން ވެސް ޖެހިލުންވާވަރުގެ ވައްކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، މިއީ އެމްޑީޕީ ކޮށްފައިހުރި ވައްކަމުގެ ކުޑަ މިނަވަރެއް ކަމަށާއި، ދާދި އަވަހަށް ރައްޔިތުން ސިއްސައިގެންދާވަރުގެ އިތުރު ވައްކަންތައް ފަޅާއަރަމުންދާނެ ކަމަށެވެ.
Ads by MACL
