ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ނިންމަވައިފި
ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 އިން ބޮޑުކުރަން ރައީސް ނިންމަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރެއްވީ ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުންނާއި، ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން މިހާތަނަށް މުސާރައަށް އެއްވެސް ބަދަލެއް ނާންނަ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ފައިދާ ކުރާނެއެވެ.
މިކަން ހާމަކުރައްވަމުން ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މި ފަރާތްތަކުގެ މުސާރަ ބޮޑުވާނެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އަދި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާރު މުސާރަ ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ބޮޑުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLމި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި ބަޖެޓު މަޖިލިހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ މި ފައިސާއަކީ ސިވިލް ސާވިސްގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ކަނޑައަޅާފައިވާ އަދަދެއް ކަމަށް ވިދާޅުވެފައެވެ. އަދި މިނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް ޒަމީރު ވަނީ ހާމަކުރައްވާފައެވެ.
https://twitter.com/MMuizzu/status/1972245214212559231?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1972245214212559231%7Ctwgr%5E54bc5459ea926cb2eb467ef3ea6490f456d7f8b3%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fbreaking%2F1309353%2Fމި އަހަރު ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރޭގައި 35.9 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށް އަދި 13.3 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދަށް ހިމެނެއެވެ. ބަޖެޓުގައި މައިގަނޑު ގޮތެއްގައި ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތަކަށް 378 މިލިއަން ރުފިޔާ، އަދި ސަރުކާރުން ލޯނު ދޫކުރުމަށް 3.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނޭއިރު، 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ.
Ads by MACL
