ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެ އަންހެނަކަށް އަނިޔާވެ، އެކަކު އައިސީޔޫގައި
ތިނަދޫ ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ތިނަދޫގެ ޤާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިންނެވެ. ފުލުހުންނަށް މި އެކްސިޑެންޓްގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:44 އެހާކަންހާއިރު ކަމަށްވެސް އެނގިފައިވެއެވެ.
Ads by BMLއެކްސިޑެންޓުވި ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ. ފުލުހުން ވިދާޅުވީ، ސައިކަލު ދުއްވަން އިން މީހާގެ ހާލު ސީރިއަސް ކަމަށް ބެލެވޭތީ، މިވަގުތު އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
އަނިޔާވި ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
Ads by MACL
