ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމުގެ ނިޒާމު މިހާރު މި ހިނގާގޮތް ބަދަލުނުކޮށް، މިކަމުން ސަލާމަތްވެވޭކަށް ނެތް, އެސެޓް ރިކަވަރީ ގާނޫނު އަވަސް ކުރަންޖެހޭ: ވަޒީރު ރާފިއު

ޤައުމުގެ ނިޒާމު މިހާރު މި ހިނގާގޮތް ބަދަލުނުކޮށް، މިކަމުން ސަލާމަތްވެވޭކަށް ނެތް, އެސެޓް ރިކަވަރީ ގާނޫނު އަވަސް ކުރަންޖެހޭ: ވަޒީރު ރާފިއު

ޤައުމުގެ ނިޒާމު މިހާރު މި ހިނގާ ގޮތް ބަދަލުނުކޮށް، ގައުމުގައި ހިނގާ ބޮޑެތި ކަރަޕްޝަންތައް ހުއްޓުވައި މިކަމުން ސަލާމަތްވެވޭކަށް ނެތް ކަމަށާއި އެސެޓް ރިކަވަރީ ގާނޫނު އަވަސް ކުރަންޖެހޭކަމަށް ވަޒީރު ރާފިއުވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ މިރޭ މެންދުރު ޓީވީން ގެނެސްދިން " ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ރާފިއު ވިދާޅުވީ، ޤައުމުގެ ނިޒާމު މިހާރު ހިނގާ ގޮތް ބަދަލުނުކޮށް، ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެވޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި ޤައުމަށް ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް އަވަހަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް 2.0" ގެ ދަށުން، 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމުތަކުގެ ތެރޭގައި ގުނާލެވޭނެ ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ ކަންތައްތަކެއް ރަނގަޅުކޮށް، ތަރައްޤީކޮށް، އަދި އީޖާދުކުރަންޖެހޭ ކަން ރާފިއު ފާހަގަކުރެއްވިއެވެ. މި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ވެސް އަދި ޖުމްލަކޮށް މުޅި ނިޒާމުގެ ތެރޭގައި ވެސް ކޮރަޕްޝަންގެ ވަބާ ފެތުރިފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ. ރައްޔިތުންނަށް ދެފުށް ފެންނަ، އަވަސް އަދި ފުރިހަމަ ޚިދުމަތްތައް ދިނުމަށްޓަކައި ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަންޖެހޭ ކަމުގައި އޭނާ ހާމަކުރެއްވިއެވެ.

"ގުޑް ގަވަރނަންސް" ގެ ތެރެއިން ގައުމު ކުރިއެރުވުމަށްޓަކައި މި ވަބާއިން ސަލާމަތްވެ، ނުވަތަ މި މައްސަލަ މަދުކުރަންޖެހޭ ކަމަށް ރާފިއު ވިދާޅުވިއެވެ.

އިންސާނުންނަށް ބާރެއް ލިބި، ކަންކަމަށް ފަސޭހައިން އެކްސެސް ވެވޭ ހިނދު، ގިނަ ފަހަރު އަމިއްލަ ނަފްސަށް އިސްކަންދެވޭ ކަމަށާއި، މިއީ ކޮރަޕްޝަން އިތުރުވާ ސަބަބެއް ކަމަށް ރާފިއު ވިދާޅުވިއެވެ.

އަމިއްލައަށް ކަންކަން ކުރުމުގެ ފުރުޞަތު މަދުވާ ވަރަކަށް، ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނެތިގެންދާ މިންވަރު ކަނޑައެޅޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ހިއުމަން އިންޓަވެންޝަން ކުޑަކުރެވޭ ވަރަކަށް ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެވޭނެ ކަމަށް ވެސް ރާފިއު ފާހަގަކުރެއްވިއެވެ. އޮފީސްތަކާއި މުއައްސަސާތަކުގައި މި ނިޒާމު ޤާއިމުކުރެވިގެން ދިޔުމުން ދެފުށް ފެނުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާފިއު ވަނީ އެސެޓް ރިކަވަރީ ބިލުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ކުރީ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި ނަމަވެސް، އެއްވެސް ނަތީޖާއެއް ނުކުމެ، އެ ކޮމިޝަން އުވާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ގާނޫނެއް ނެތްކަން ރާފިއު ފާހަގަކުރެއްވިއެވެ.

މި ބިލުގައި ސިވިލް އެސެޓް ރިކަވަރީ އަދި ކްރިމިނަލް އެސެޓް ރިކަވަރީ ހިމެނޭ ގޮތަށް، ކުށްކޮށްގެން ހޯދާ ފައިސާއާއި އެސެޓްތައް ދައުލަތަށް ނެގުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލާވާލެވިގެންދާނެއެވެ. މިހާރު އޮތް ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ގެއްލިފައި ހުރި ފައިސާ ހޯދޭނެ ގޮތެއް ނެތް ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެއް ބިލިއަނެއްހާ ރުފިޔާގެ އެސެޓްތައް އެކި ފަރާތްތަކަށް ދީފައިވާ ކަމަށާއި، ނަގުދު ފައިސާގެ ގޮތުގައި އެންމެ ފަރާތަކަށް ބަދަލު ދީފައިވާއިރު ގިނައިން ބަދަލުގެ ގޮތުގައި ދީފައިވަނީ ރަށްތަކާއި ފަޅުތައް ކަމަށް ރާފިއު ހާމަކުރެއްވިއެވެ.