ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް "ހިޔާލުން ހުޅުމާލެ"ގެ ނަމުގައި ފޯރަމެއް ބާއްވަނީ

ހުޅުމާލެ މާސްޓަރ ޕްލޭން ---
ހުޅުމާލެ މާސްޓަރ ޕްލޭން ---

ހުޅުމާލޭގެ ކުރިމަގު ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، އެޗްޑީސީން "ހިޔާލުން ހުޅުމާލެ"ގެ ނަމުގައި ޚާއްޞަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ފުޅާ ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ތަރައްގީގެ މަގުޗާޓު އެކުލަވާލުމެވެ.

މި ފޯރަމް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން 15 އަށް ކަމަށް އެޗްޑީސީން ބުނެއެވެ. ފޯރަމްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓާ ކުރުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވާ އަންގާރަ ދުވަހެވެ.
ރަޖިސްޓްރީވުމަށް ބޭނުންކުރާ ކިއުއާރް ކޯޑު:












ހުޅުމާލޭގެ ކޮމިއުނިޓީ ޕްލޭން، ދަތުރުފަތުރުގެ ޕްލޭން، އަދި ފެހިކުރުމުގެ ޕްލޭން (ލޭންޑްސްކޭޕް ޕްލޭން) ފަދަ މުހިންމު ދާއިރާތަކަށް ހިޔާލު ހޯދުމަށް މި ފޯރަމްގައި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.


އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ފޯރަމްގެ ބޭނުމަކީ ހުޅުމާލޭގެ ދުރު ރާސްތާ ތަރައްގީގެ މަގުޗާޓާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވައި، އެމައުލޫމާތުތައް އާންމުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، ހުޅުމާލޭގެ ތަރައްގީގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންގެ ހިޔާލާއި މަޝްވަރާއާއެކު މާސްޓާ ޕްލޭންތައް ބައްޓަންކުރުމަކީވެސް މި ފޯރަމްގެ މުހިންމު އަމާޒެކެވެ.