ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލް ކްރެޑިޓް ކާޑު ލިމިޓް ބޮޑުކުރުމަށް ސަރުކާރުން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭޓީއެމް އެއް ހުޅުއްވައިދެއްވަނީ ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭޓީއެމް އެއް ހުޅުއްވައިދެއްވަނީ ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓްތައް އަންނަ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމައިފިއެވެ.

މިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

https://twitter.com/MMuizzu/status/1972582575429537835?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1972582575429537835%7Ctwgr%5Ece792d055bee49b5d75a60f171585ea25b200c95%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F211988

ރައީސް މުއިއްޒުގެ ޕޯސްޓްގައިވާ ގޮތުން، މި ބަދަލު އަންނާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ސަރުކާރުން ކްރެޑިޓް ކާޑުތަކުގެ ލިމިޓް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ މުހިންމު ބަދަލެކެވެ.

ކާޑުތަކުގެ އަލަށް ކަނޑައެޅޭ ލިމިޓްތައް:

  • ކްލެސިކް ކާޑު: މިހާރުގެ 750 ޑޮލަރުން 1,400 ޑޮލަރަށް އިތުރުކުރެވޭނެއެވެ.

  • ގޯލްޑް ކާޑު: މިހާރުގެ 750 ޑޮލަރުން 1,500 ޑޮލަރަށް އިތުރުކުރެވޭނެއެވެ.

  • ޕްލެޓިނަމް ކާޑު: މިހާރުގެ 1,500 ޑޮލަރުން 2,000 ޑޮލަރަށް އިތުރުކުރެވޭނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ބީއެމްއެލްގެ ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.