ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން މަސައްކަތްކުރަނީ ޤައުމުގެ ތަރުތީބު ފުނޑާލަން: މެންބަރ މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ---
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ---

އެމްޑީޕީން މަސައްކަތްކުރަނީ ޤައުމުގެ ތަރުތީބު ފުނޑާލަން ކަމަށާއި، ދިވެހިރާއްޖޭގެ އެންމެހާ ތަރުތީބުތަކާއި އަސާސްތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފުނޑާލާކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އިސްލާމްދީނާއި ޤައުމިއްޔަތަށް އެމްޑީޕީއަށް ވުރެ ބޮޑު ގެއްލުމެއް ދިން ބަޔަކު ދިވެހި ތާރީޚު ދެކެފައި ނުވާ ކަމަށެވެ. އަދި އިދިކޮޅުގައި ތިބޭއިރު ރައްޔިތުންގެ ހައްޤުގެ ނަމުގައި ޢާންމު މަޞްލަޙަތު ނަގާލައި، ޤާނޫނު އަސާސީގެ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤުގެ ނަމުގައި އެތައް ޖަރީމާއެއް އެމްޑީޕީން ހިންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

https://twitter.com/MPMohdIsmail/status/1972635732025237786?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1972635732025237786%7Ctwgr%5E521794a9ceb1f1828054764b789d5f8c9226954b%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMPMohdIsmail%2Fstatus%2F1972635732025237786

"އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހުވެސް އެއުޅެނީ މިބާވަތުގެ ހަވާދުގަނޑެއް ފުޑާށެވެ. މި މީހުންގެ ހަޤީޤަތް މިހާރު ދިވެހީންނަށް ދަސްވެ ފުދިއްޖެއެވެ،" އަންނަ މަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކަށް އިޝާރާތް ކުރައްވާ މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

އޭނާގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވީ، ކަރަޕްޝަނާއި، ވައްކަމާއި، އަބުރުކަތިލުމަށް ރައްޔިތުން ދެން އެއްބާރުލުން ނުދޭނެ ކަމަށެވެ.