ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފިލިޕީންސަށް ބާރުގަދަ ބިންހެއްލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓްއޮފީސް

ބިންހެލުން އައިސްފައިވަނީ 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި ---
ބިންހެލުން އައިސްފައިވަނީ 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި ---

ފިލިޕީންސް އަށް މިރޭ އައި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތްކަން މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓްއޮފީހުން ބުނެފިއެވެ.


ފިލިޕީންސްގެ ލޭޓޭ އަވަށަށް މި ބިންހެލުން އައިސްފައިވަނީ 6.8 މެގްނިޓިއުޑްގެ ބާރުމިނެއްގައި 10 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.


އަދި މި ބިންހެލުން އައިސްފައި ވަނީ މާލެ އާއި 5621 ކިލޯމީޓަރު ދުރަށް ކަަމަށްވެސް ހާމަކޮށްފައިވެއެވެ.


މި ބިންހެލުމާއި ގުޅިގެން ފިލިޕީންސްގެ ތަަނަކަށް ނުވަތަ މީހަކަަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓްކޮށްފައި ނުވާކަމަށް ނޫސްތަކުން ޚަބަރުދެއެެވެ.