ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަނީ

ޕީއެންސީން ބާއްވާ ހަރުގެ ޖަލްސާތަކަށްވެސް ފުދޭވަރަކަށް ގިނަމީހުން ދާކަން ފާހަގަވޭ ---
ޕީއެންސީން ބާއްވާ ހަރުގެ ޖަލްސާތަކަށްވެސް ފުދޭވަރަކަށް ގިނަމީހުން ދާކަން ފާހަގަވޭ ---

ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަން އެޕާޓީގެ އިދާރާއިން ނިންމައިފިއެވެ.

ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަކަށް އެޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް މިހާރުދަނީ ދަޢުވަތު ފޮނުވަމުންދާއިރު، މިއީ އެޕާޓީގެ ފަރާތުން އާންމުކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާއެކެވެ. 


މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ހ.ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި) ގައި ހުންނަ ޕީއެންސީގެ ހަރުގޭގައެވެ. މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް ޕީއެންސީން ވަނީ ދަޢުވަތު އަރުވާފައެވެ.


މި ޖަލްސާ ބާއްވަނީ، އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.


ހުކުރު ދުވަހުގެ މުޒާހަރާ އާ ގުޅޭގޮތުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، އެމްޑީޕީގެ މި ހަރަކާތަކީ ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހިނގާލުމެކެވެ. އަދި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.