ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ޒުވާނުންގެ ހުނަރުތަކާއި ޤާބިލިއްޔަތު ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިން ދެމުން އަންނަ ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު، މިމަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް އިތުރުކޮށްފިއެވެ.

މި އިނާމަކީ ޒުވާނުންގެ ތެރެއިން ޤައުމީ ތަރައްޤީއަށް ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ އިނާމެކެވެ.

މި އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓުންނާއި ސޯޝަލް ސެންޓަރގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، މިކަމަށް ޚާއްސަކޮށްފައިވާ ގޫގުލް ލިންކެއް މެދުވެރިކޮށް ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ދެ ގޮތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު މިނިސްޓްރީގައި ވަނީ ހަމަޖައްސާފައެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޝަރުޠު ހަމަވާ ހުރިހާ ދިވެހި ޒުވާނުންނަށް ވެސް މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ. ޒުވާނުންގެ ހުނަރާއި މަސައްކަތްތަކަށް ޤަދަރުކުރުމުގެ ގޮތުން މި އިނާމަކީ ވަރަށް މުހިއްމު ފުރުޞަތެކެވެ.