ނުފޫޒު ގަދަ 241 ކޮމެޓީއަށް ވިލިމާލެ މެމްބަރު މުހައްމަދު އިސްމައިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ ޕީއެންސީ މެމްބަރުންނަށް ބަދަލު ގެންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު އެންމެ ފުރަތަމަ އިއުލާނުކުރެވުނު ކަންކަމުގެ ތެރޭގައި ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންނަށް ގެންނެވި ބަދަލުތައް ހިމެނެ އެވެ.
މި ބަދަލުތައް މިއަދު އިއުލާނުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ބަދަލުތަކަކީ:
Ads by BML- މާލިއްޔަތު ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގުގެ ބަދަލުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
- އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަދަލުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު
- ޕެޓިޝަން ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާންގެ ބަދަލުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
- ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގުގެ ބަދަލުގައި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ކޮމިޓީއެއްގައި ހިމެނޭ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެ މެމްބަރުގެ ބަދަލުގައި އެ ކޮމިޓީއަށް އެ ޕާޓީގެ އެހެން މެމްބަރަކު އައްޔަނުކުރުމުގެ އިޚުތިޔާރު ލިބެ އެވެ. އެ ބަދަލު ގެނައުމަށް ބޭނުންވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަންޖެހޭނީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ނެވެ.
Ads by MACL
