އެމްޑީޕީން ވަނީ އެތައް ފަހަރަކު ރައްޔިތުންނަށް ލަނޑު ދީފައި، ފާޑު ފާޑު ނަންނަން ކިޔައިގެން ދެން ރައްޔިތުން ގުނބޯ ނުހެއްދޭނެ: މެންބަރު އަލީ އިބްރާހިމް
އެމްޑީޕީން ރައްޔިތުންނަށް ލަނޑުދީފައިވާ ކަމަށާއި، ދެން ރައްޔިތުން ގުނބޯ ނުހެދޭނެ ކަމަށް މެންބަރު އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެޕާޓީން އެތައް ފަހަރަކު ރައްޔިތުންނަށް ލަނޑު ދީފައިވާ ކަމަށާއި، ފާޑުފާޑު ނަންނަން ކިޔައިގެން ދެން ރައްޔިތުން ގުނބޯ ނުހެދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މެންބަރު އަލީ އިބްރާހިމްގެ ޕޯސްޓްގައި ފާހަގަކުރެއްވީ، "ދިވެހި ރައްޔިތުންނަށް އެމްޑީޕީ އިން ވަނީ އެތައް ފަހަރަކު ލަނޑުދީފަ. ފާޑުފާޑު ނަންނަން ހަދައިގެން މަގުތަކަށް ނިކުމެ ރައްޔިތުން ދެނެއް ގުބޯ ނުހެއްދޭނެ" މިހެންނެވެ.
Ads by BMLމީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޤައުމަށް ގެނެސްދެއްވަމުން ގެންދަވާ ހެޔޮ ބަދަލުތައް ޝުކުރުވެރިކަމާއި އެކު ރައްޔިތުން ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޤައުމު ހަލަބޮލި ކުރުވާކަށް ޖާގައެއް ނުދެވޭނެ ކަމަށްވެސް މެންބަރު އަލީ އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ.
https://twitter.com/IbrahimKappi/status/1973395428575158547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1973395428575158547%7Ctwgr%5E797e203c0e78796e6cf4ef4c09faa16b8772faa6%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FIbrahimKappi%2Fstatus%2F1973395428575158547މެންބަރު އަލީ އިބްރާހިމްގެ މި ވާހަކަތަކުން ދައްކުވައިދެނީ، އެމްޑީޕީއަށް އާންމުންގެ ތެރޭގައި އޮތް ތާއީދު ކުޑަވެ، މިހާރުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާ ކަމެވެ. އަދި ރައީސް މުޢިއްޒު ގެންނަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު އަލީ އިބްރާހިމް މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިވާއިރު، އެމްޑީޕީން މީގެކުރިން އިންތިޒާމްކުރި ބައެއް މުޒާހަރާތަކުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ބާވާތުގެ ކަންކަން ހިނގާފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.
Ads by MACL
