ޕީއެންސީގެ ކުއްލި ޖަލްސާއާއިއެކު އިދިކޮޅު ސިއްސުވާލައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ޖަލްސާގައި، ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އެ ޕާޓީގެ ހަރުގެއާއި އޭގެ ވަށައިގެންވާ ސަރަޙައްދު ފުރާލައިފިއެވެ.
މި ޖަލްސާއަކީ ހޯމަ ދުވަހު ކުއްލިއަކަށް އިއުލާނުކުރި ޖަލްސާއެއް ނަމަވެސް، ޕާޓީގެ ހަރުގެއާއި، ހަރުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގާއި، އާޓިފިޝަލް ބީޗުގެ ބޮޑު ސަރަހައްދެއްގައި މީހުން ފުރާލާފައި ވެއެވެ. މިއީ މިފަހުގެ ތާރީޚެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ އެއްވުމަކަށް މިހާ ގިނަ މީހުން ޖަމާވި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
މިރޭގެ ޖަލްސާ ފެށިގެން ކުރިއަށްދާއިރު، މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އެހެނިހެން ބައެއް އާއްމުން ވަނީ ޕާޓީއާ ގުޅިފައެވެ. ޖަލްސާގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހާއި، މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
Ads by BMLޖަލްސާގައި ފުރަތަމަ ވާހަކަދެއްކެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ފާހަގަކުރެއްވީ، އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕާޓީގެ މިފަދަ ހަރަކާތަކަށް އެހައި ގިނަ ބޭފުޅުން ވަޑައިގަތުމުން އެ ޕާޓީގެ މެންބަރުން އިތުރުވީ ސައްހަ ފޯމުތައް ފުރައިގެންކަން ސާބިތުވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ތުހުމަތުތަކަށް ޖަލްސާގައި ވާހަކަދައްކަވާ ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ. ހާއްސަކޮށް އަންނަ ހުކުރު ދުވަހުގެ ރޭ "ލޫޓުވާލައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމަށް މީހުން ގެންދިއުމަށް އެ ޕާޓީން ފަތުރަމުންދާ ވާހަކަތަކަށް ކޮންގުރެސްގެ އިސް ބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ނެރުނު އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ފެނަކަ ބޮޑު ޚިޔާނާތުގެ ވާހަކައާއި، އެމްޑީޕީ ސަރުކާރުގައި އެޕާޓީގެ އިސްވެރިން ހިންގާފައިވާ ކަރަޕްޝަނާއި، ޚިޔާނާތްތަކުގެ ވާހަކަތައްވެސް ގެންދަވަނީ ދައްކަވަމުންނެވެ.
ުޕީއެންސީގެ ބޮޑު ޖަލްސާއެއް ވަރަށް އަވަހަށް ބާއްވާނެކަމަށްވެސް ޕީއެންސީގެ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Ads by MACL
