ބޯޓުތަކާއި ޔަހޫދީ އަސްކަރިއްޔާއިން ކުރިމަތިލާނެ ކަމުގެ އިންޒާރު
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދުތައް ހައި ރިސްކު ޒޯން ހުރަސްކޮފައިވާ ކަމަށް ފްލޮޓިލާގެ ޓެލެގްރާމް ޗެނަލްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާއިރު، ބޯޓުތަކާއި ޔަހޫދީ އަސްކަރިއްޔާއިން ކުރިމަތިލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ ބޯޓުތަކާއި ދިމާލަށް އިސްރާއީލުގެ އަސްކަރިއްޔާގެ ގިނަ މަނަވަރުތަކެއް އަންނަނީ ދަތުރުކުރަމުންނެވެ. މިކަމުގެ ސަބަބުން ކުރިޔަށް އޮތް މަދު ގަޑިއެއްގެ ތެރޭގައި މި ދެފަރާތުން ކުރިމަތިލާނެ ކަމުގެ ބޮޑު އިންޒާރެއް ވަނީ ކުރިމަތިވެފައެވެ.
މި ނާޒުކު ދަނޑިވަޅުގައި، އެހީގެ ސާމާނު ހިފައިގެންދާ ހުރިހާ ބޯޓެއް ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ވަނީ ކުރިމަތިވެދާނެ ކޮންމެ ނަތީޖާއަކަށް ތައްޔާރުވެފައެވެ.
Ads by BMLމި ހަރަކާތުގެ ލައިވް ފީޑުން ފެންނަ ގޮތުގައި، ހުރިހާ ފަޅުވެރިން ވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ލައިފް ޖެކެޓް އަޅައިގެން ތިއްބެވެ. މިކަމުން ދައްކުވައިދެނީ ކުރިމަތިލުން ގާތްގަނޑަކަށް ކަށަވަރުވެފައިވާ މިންވަރެވެ.
Ads by MACL
