ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސުމޫދު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ ނިރުބަވެރިން ހަމަލާދޭން ފަށައިފި

ސުމޫދު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ ނިރުބަވެރިން ހަމަލާދޭން ފަށައިފި

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެންދާ "ގްލޯބަލް ސުމޫދު ފްލޯޓިލާ"ގެ ބޯޓުތަކަށް އިސްރާއީލް ސިފައިން ހަމަލާދޭން ފަށައިފިއެވެ.

އިސްރާއީލުން އެ ބޯޓުތައް ހުއްޓުވަމުން އަންނައިރު، ގިނަ ބޯޓުތަކުން ދިޔައީ އެ ދަތުރުގެ މަންޒަރުތައް ފެންނާނެ ގޮތަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ލައިވް ޖައްސައިގެންނެވެ. ނަމަވެސް މިހާރު ބައެއް ބޯޓުތަކުގެ ލައިވް ކަވަރޭޖް ވަނީ ނިއްވާލެވިފައެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބޯޓުތައް ހުއްޓުވުމަށް އިސްރާއީލުގެ 20 ވަރަކަށް ބޯޓު އެސަރަހައްދުގައި ހަރަކާތްތެރި އެބަވެއެވެ.
ނަމަވެސް އެއީ މުޅިން ވެސް އިސްރާއީލުގެ ކަނޑުގެ ސިފައިންނާއި އިސްރާއީލް އަސްކަރިއްޔާ ކަމެއް ސާފެއް ނުވެއެވެ.

ގްލޯބަލް ސުމޫދު ފްލޯޓިލާއިން ބުނީ، އެމީހުންގެ ރާޑަރަށް 3 ނޮޓިކަލް މޭލު ދުރުން، ގޮތް ނޭނގޭ 20 ބޯޓުތަކެއް އަރާފައިވާ ކަމަށެވެ. އެއީ އެމީހުން ހުއްޓުވަން މަސައްކަތް ކުރާ ބޯޓުތަކެއް ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަށް ފްލޯޓިލާއިން ވަނީ ބުނެފައެވެ.