ބޯޓުތައް ޣައްޒާއާއި ކައިރިވަނީ، ޔަހޫދީން ދައްކާ ބިރަށް ފަސްޖެހުމެއްނެތި 30 ބޯޓު ދަނީ ދަތުރުކުރަމުން
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރު ކުރަމުންދާ ގިނަ ގައުމުތަކުގެ އެކްޓިވިސްޓުން ތިބި ގްލޯބަލް ސުމޫދު ފްލޯޓިލާގެ އުޅަނދުތައް ހުއްޓުވަން އިސްރާއީލް ޔަހޫދީން މަސައްކަތް ކުރި ނަމަވެސް 30 ބޯޓު އަދިވެސް ދަނީ ދަތުރު ކުރަމުންކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާރު ދަތުރު ކުރަމުން ދަނީ 30 ބޯޓެވެ. މި ބޯޓުތަކަށް އިތުރު ހުރަހެއް ނެތްނަމަ މިއަދު 2 ޖަހާއިރަށް ޣައްޒާ އަށް ފޯރާނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ބިރަކަށް ބެލުމެއް ނެތި މިހާރު ވެސް ތިރީހަކަށް ބޯޓު ޣައްޒާއާ ދިމާލަށް ދަނީ ދަތުރު ކުރަމުންނެވެ. އެ ބޯޓުތައް މިހާރު އޮތީ ޣައްޒާއާ ގާތްގަނޑަކަށް 30 މޭލު ކައިރީގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
Ads by BMLއެ ބޯޓުތަކުގައި ރާއްޖެ ހިމެނޭ ގޮތަށް 46 ގައުމެއްގެ 497 މީހުން ހިމެނެއެވެ. ބޯޓުތަކުގައި ތިބި މީހުންގެ ތެރޭގައި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސިޔާސީ ޝަހްސިއްޔަތުންނާއި ނުފޫޒު ގަދަ އެކްޓިވިސްޓުންނާއި އާންމުންގެ ލޯބި ހޯދާފައިވާ މީހުން ވެސް ހިމެނެއެވެ.
އިސްރާއީލުން އެ ބޯޓުތައް ހުއްޓުވަމުން އަންނައިރު، ގިނަ ބޯޓުތަކުން ދިޔައީ އެ ދަތުރުގެ މަންޒަރުތައް ފެންނާނެ ގޮތަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ލައިވް ޖައްސައިގެންނެވެ. ނަމަވެސް މިހާރު ބައެއް ބޯޓުތަކުގެ ލައިވް ކަވަރޭޖް ވަނީ ނިއްވާލެވިފައެވެ.
ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބޯޓުތައް ހުއްޓުވުމަށް އިސްރާއީލުގެ 20 ވަރަކަށް ބޯޓު އެސަރަހައްދުގައި ހަރަކާތްތެރި އެބަވެއެވެ. ނަމަވެސް އެއީ މުޅިން ވެސް އިސްރާއީލުގެ ކަނޑުގެ ސިފައިންނާއި އިސްރާއީލް އަސްކަރިއްޔާ ކަމެއް ސާފެއް ނުވެއެވެ.
ގްލޯބަލް ސުމޫދު ފްލޯޓިލާއިން ބުނީ، އެމީހުންގެ ރާޑަރަށް 3 ނޮޓިކަލް މޭލު ދުރުން، ގޮތް ނޭނގޭ 20 ބޯޓުތަކެއް އަރާފައިވާ ކަމަށެވެ. އެއީ އެމީހުން ހުއްޓުވަން މަސައްކަތް ކުރާ ބޯޓުތަކެއް ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަށް ފްލޯޓިލާއިން ވަނީ ބުނެފައެވެ.
Ads by MACL
