ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލޮޓިއްލާ މޫވްމެންޓް ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ: އައިއޭސީ

ފްލޮޓިއްލާ މޫވްމެންޓް ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ: އައިއޭސީ

ގްލޯބަލް ފްލޮޓިއްލާ މޫވްމެންޓްގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޓާނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނެފިއެވެ.

އައިއޭސީން މިހެން ބުނީ ފޮރިންމިނިސްޓްރީއާއި އެކު ބޭއްވުނު ބައްދަލުވުމަށް ފަހުގައެވެ.

އޮބްޒާވާ ބޯޓެއްގައި ދިވެހިރާއްޖެއިން އައިއޭސީގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝާޒް ފްލޯޓިއްލާގައި ބައިވެރިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށް އައިއޭސީން ބުނެފައިވެއެވެ.

މިނިސްޓްރީން މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވޭ.

އޮބްޒާވާ ބޯޓަކީ ފްލޮޓިއްލާގެ އެހެން ހުރިހާ ބޯޓެއްގެ ކަންކަން ބަލަހައްޓާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޯޓެއް ކަމަށާއި ސީދާ ޣައްޒާއަށް ވަންނަން ދަތުރުކުރާ ބޯޓެއް ނޫން ކަމަށެވެ.
ބޯޓުތައް އިންޓަސެޕްޓް ކުރުމާއެކު އޮބްޒާވާ ބޯޓުތައް ވަނީ ރައްކާރި ހިސާބުތަކަށް މިސްރާބު ޖަހާފައިކަމަށް އައިއޭސީން ބުނެފައިވެއެވެ.

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މިކަމާއި ގުޅިގެން ގޯސް ވާހަކަތަކެއް ދައްކަމުނެވެ.