ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ މުޒާހަރާ ގައުމު ފަނާކުރުވާނެ، ޖޭޕީގެ މެންބަރުން ބައިވެރިނުވާތި: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ---
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ---

އެމްޑީޕީން މިއަދު ބާއްވަން ރާވާފައިވާ މުޒާހަރާއަކީ ގައުމު ފަނާކުރުވަނިވި ނުރައްކާތެރި އަމަލެއް ކަމަށް ސިފަކުރައްވައި، އެ މުޒާހަރާގައި ޖޭޕީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ގޮވާލައްވައިފިއެވެ.

އެމްޑީޕީން މިރޭ މާލޭގައި މުޒާހަރާ ކުރަން ނިންމާފައިވާއިރު، ގާސިމް މިފަދަ އިންޒާރެއް ދެއްވާފައިވަނީ އޭނާގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުންނެވެ.

ގާސިމް ވިދާޅުވީ، މިއަދު ބާއްވާ މި މުޒާހަރާއަކީ ގައުމަށް ބިނާކުރަނިވި އެއްވެސް ނަތީޖާއެއް ނެރެނެ ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ވެރިކަން ހޯދުމަށް ހިންގާ ނުބައި، ފަނާކުރުވަނިވި އަމަލެއް ކަމަށެވެ. މިހާރުގެ ސަރުކާރުން ގައުމަށް ރަނގަޅު ކަމެއް ކުރިޔަ ނުދިނުމަށާއި، ވެރިކަން ބަދަލުކުރުމަށް ފިތުނަ އުފެއްދުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައިވެސް ގާސިމް ވަނީ މި މުޒާހަރާ ސިފަކުރައްވާފައެވެ. ެ

ގާސިމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ބޮޑު ގޮންޖެހުމަކީ އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމެވެ. މިހާރު ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ހަރަދުވަމުންދަނީ މި ދަރަނިތައް ދެއްކުމަށް ކަމަށާއި، މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބޭންކްރަޕްޓްވެ، ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރުވެސް ގާސިމް ދެއްވިއެވެ. އެހެންކަމުން، ސަރުކާރުން އިތުރު ޓެކްސް ނަގައިގެންވެސް މިކަން ކުރަމުން ގެންދަވަނީ ގައުމު ސަލާމަތްކުރުމަށް ކަމަށާއި، މުސާރަތައް ދެއްކުމަށްވެސް މަސައްކަތްކުރަމުން ދަނީ އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

https://twitter.com/qasimibrahim/status/1973942208534626743?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1973942208534626743%7Ctwgr%5Efbbdf6da28242efe83b6804c04584130e7b7b9d2%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fqasimibrahim%2Fstatus%2F1973942208534626743

އިސްވެދިޔަ ސަރުކާރުތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ގާސިމް ސުވާލު އުފެއްދެވިއެވެ. ނަމަވެސް މި ސަރުކާރުން ޚިޔާނާތްތަކުގެ ތުހުމަތުކުރެވޭ މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެނަށްވެސް ޚިޔާނާތްތެރި ނުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދެއްވާފައި ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެކަންކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ، މިފަދަ މުޒާހަރާއަކުން ލިބޭ ނަތީޖާއަކީ ހަމައެކަނި ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުމާއި، ރައްޔިތުން އިތުރަށް ދަރަނިވެރިކޮށް އިދަޖައްސާލުން ކަމަށެވެ. އެހެންކަމުން، އޭނާގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުމާއި، ގައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން ކަމަށެވެ. ެ

"މިއީ މުޅި ގައުމު އިދަ ޖައްސަން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެއީ އެއްވެސް މީހަކަށްވެސް އޮތް ބާރެއް ނޫން، އަދި ބަޔަކަށްވެސް އޮތް ބާރެއް ނޫން. މިއީ ދީނީ ގޮތުން ވެސް އޮތް ގޮތް، އަދި ގާނޫނީ ހަމަވެސް އޮތް ގޮތް،" ގާސިމް ވިދާޅުވިއެވެ.