ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތާރީޚުގެ ތެރެއިން: އެމްޑީޕީ ވެރިކަމުގަ ރައީސް ސޯލިހާއި މާލީ ވަޒީރު ވައްކަން ކޮށްފަ މަޖިލީހަށް ފޮނުވީ ވައްކަމުގެ ރަސީދެއް: ރައީސް ނަޝީދު

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ބޭރުކޮށްލި އެމްޑީޕީ މެމްބަރުން ---
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ބޭރުކޮށްލި އެމްޑީޕީ މެމްބަރުން ---

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެ އެފަދަ ތުހުމަތުތަކުން މުޅިސޯޝަލް މީޑިއާ ފުރިފައިވާއިރު، އެމްޑީޕީގައި އޭރު ތިއްބެވި ވެރިންވެސް ވަނީ ރައީސް ސޯލިހަށާއި، އޭނާގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ވައްކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ކުރީގެ މަޖިލިސް ރައީސް މުޙަމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ފުޅެއްވެސް މިވަނީ މިދުވަސްވަރު ވައިރަލްވެފައެވެ. އެ ވީޑިއޯގައި ރައީސް ނަޝީދުވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށާއި އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ވަރަށްބޮޑު ތުހުމަތެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވެރިކަމުގަ ރައީސް ސޯލިހާއި މާލީ ވަޒީރު ވައްކަން ކޮށްފަ މަޖިލީހަށް ފޮނުވީ ވައްކަމުގެ ރަސީދެއްކަމަށެވެ.

ތާރީޚުގެ ތެރެއިން މި ފެންނަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރަށް ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކުރެއްވި ދުވަސްވަރުގެ ވީޑިއޯ ކްލިޕްތަކެވެ. ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރު ވައްކަން ކުރައްވާފައި، އެ ވައްކަމުގެ ރަސީދެއް މަޖިލީހަށް ފޮނުއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. މި ތުހުމަތުތައް ކުރައްވާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި، ކޮވިޑް-19ގެ ދުވަސްވަރު ވެންޓިލޭޓަރު ހޯދުމުގައި ހިންގި ކޮރަޕްޝަން އަދި ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ މިންވަރަށް ކޮރަޕްޝަން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 270 މީހުންނަށް ދައުވާ ކުރަންޖެހޭ ކަމަށް ވާއިރު، ދައުވާކުރެވިފައިވަނީ އެންމެ މީހަކަށް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިކަން ހުއްޓުވާފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ކަމަށް ވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ސޯލިހު ވަކި މަސްލަހަތެއް ހިފަހައްޓަވަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ދުވަސްވަރު ވެންޓިލޭޓަރު ހޯދުމުގައި ހިންގި ކޮރަޕްޝަނަކީ ވެސް މި ސަރުކަ
ރުން ކުރި "ވަރަށް ވިޔާނުދާ" ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރާއި ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަކީ "ވައްކަމުގެ ރަސީދެއް" ކަމަށެވެ. އެމަނިކުފާނު ވަނީ މި ބަޖެޓު ހުށަހަޅާފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް، ކުރިން ހަރަދުކޮށް ނިންމާފައިވާ ފައިސާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ނަޝީދު ވަނީ ފިނޭންސް މިނިސްޓަރު ވައްކަން ކުރައްވާފައި، އެ ވައްކަމުގެ ރަސީދެއް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ސީދާ ބަސްފުޅުން ވިދާޅުވެފައެވެ. އަދި ދައުލަތުގެ ބަޖެޓަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ބާއްވަން "ބަހާލަން" އޮންނަ އެއްޗެއް ނޫން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މި ކުރެއްވި ތުހުމަތުތަކަކީ ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި ހިޔާލު ތަފާތުވުންތަކާއި، އޭރުގެ ސަރުކާރުގެ މާލީ ހިންގުމުގެ ދެފުށް ފެންނަ ކަމާމެދު އުފެދިފައިވާ ސުވާލުތައް އިތުރުވެގެން ދިޔަ ކަމެކެވެ.