ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 287 މިލިޔަން ރުފިޔާ
އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 287 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު 5.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބިފައިވެއެވެ.އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 5.2 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު އެތެރެކޮށްފައިވަނީ 5.1 ބިލިޔަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ ޖެނުއަރީމަހު 144 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ ޖެނުއަރީމަހު 173 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ 16 އިންސައްތައިގެ ތަފާތެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީމަހު ރާއްޖެއިން އެންމެ ގިނައިން ފައިސާ ޚަރަދުކޮށްފައިވަނީ ތެލުގެ އެކި ބާވަތްތައް އެތެރެކުރުމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ތެޔޮ އެތެރެކުރުމަށް 728 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
Ads by MACL
