ފުލުހުންގެ ޚާއްސަ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ ބައެއް މަގުތައް މިއަދާއި މިރޭ ބަންދުކުރަނީ
މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އިން މިއަދު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަންދުކުރެވޭނެ ކަމަށް ހާމަކޮށްފިއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް ހިއްސާކުރި ބަޔާނެއްގައި، މި އޮޕަރޭޝަން ކުރިއަށްދާ ވަގުތުތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ވަނީ އެދިފައެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް ފުލުހުން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.
Ads by BMLމާލޭގެ ވަކި ސަރަހައްދެއް ނުވަތަ ވަކި މަގެއް ބަންދުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަށް މީގެކުރިންވެސް ދޭތެރެ ދޭތެރެއިން ފުލުހުން އިލްތިމާސްކުރެއެވެ.
Ads by MACL
