ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިސަރުކާރު ވެރިކަމަށް އައި އިރު، އިސްލާމިކް މިނިސްޓްރީގައި އެކަނިވެސް 50 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް: ޑރ. ޝަހީމް

މިސަރުކާރު ވެރިކަމަށް އައި އިރު، އިސްލާމިކް މިނިސްޓްރީގައި އެކަނިވެސް 50 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް: ޑރ. ޝަހީމް

މިހާރުގެ ސަރުކާރު ވެރިކަމަށް އައި އިރު، އިސްލާމިކް މިނިސްޓްރީ އެކަނިވެސް 50 މިލިއަން ރުފިޔާގެ ބޮޑު ދަރަނެއްގައި އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ ދަރަންޏާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވީ، ސަރުކާރު ފެށުނުއިރު 30 މިލިއަނެއްހާ ރުފިޔާ ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށެވެ. މީގެ އިތުރުން މަސައްކަތްތައް ކުރެވި ބިލްތައް ނައިސް ހުރި އަދަދުތައް ހިމަނައިގެން ޖުމުލަ 50 މިލިއަން ރުފިޔާއަށް މި އަދަދު އަރާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކޮށްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ދިވެހި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަދަދު ނުވަ ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ 260 މިލިއަނެއްހާ ރުފިޔާވެސް އޮތީ ކުރީ ސަރުކާރުން ނުދައްކާކަން ފާހަގަކުރެވެއެވެ.