މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ދެވޭ ކެޔޮޅުންގެ އެވޯޑާއި، ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފި އެވެ. މި އެވޯޑުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގަ އެވެ. މި ޖަލްސާގައި ޖުމްލަ ތިން އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑުގެ އިތުރުން ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.
މި އެވޯޑުތަކަށް ކުރިމަތިލެވޭނީ، މިހާރުވެސް މަސްވެރިކަމުގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ. ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ލިބިފައިވަނީ 35 އަހަރުން ދަށުގެ ކެޔޮޅުންނަށެވެ. އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ. މި އެވޯޑުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
Ads by BMLފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑުތަކަށް އެދި އަމިއްލަ ޙައިސިއްޔަތުންނާއި، އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެ އެވެ.
Ads by MACL
