ހާއްޕެގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އެފްއޭއެމާއި، އެންސްޕާ މެދުވެރިކޮށް ވަނީ ހަމަޖެހިފައި: ތޯރިގް
ގައުމީ ފުޓްސަލް ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެނިކޮށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) އަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް ކުރަން ޖެހޭ މުހިންމު އޮަޕަރޭޝަނަށް އެފްއޭއެމާއި އެންސްޕާ މެދުވެރިކޮށް ހުރިހާ ހަރަދެއް ހަމަޖެހިފައިވާ ކަމަށް އެފްއޭމްގެ ރައީސް އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ އަލީ ހާފިޒްގެ އޮޕަރޭޝަނަށް 10 ހާސް ޑޯލަރު ބޭނުންވާ ކަމަށާއި އަދި އެކަމަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ބުނި ކުރީގެ މަޖިލިސް މެމްބަރު މޮސްޓާ ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ޓޮމް ވިދާޅުވީ އިންޖަރީވި ފުޓްސަލް ޕްލޭޔަރު އިންޑިޔާއިން އޮޕަރޭޝަންކުރަން އެއްބަސްވީ ބުރާސްފަތި ދުވަހު މަޝްވަރާއަށްފަހު ކަމަށާއި، އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި 2 އެހީތެރިންނާއި، ތިބުމާއި ކެއުމުގެ ޚަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު ކަމަށެވެ.
Ads by BMLހާއްޕެ ވަނީ 2022 ވަނަ އަހަރުން ފެށިގެން ފުޓްސަލް ގައުމީ ޓީމުގައި ހިމެނިގެން މިހާތަނަށް ކުޅެދިން 11 މެޗުން ހަ ގޯލު ޖަހައި ދީފަ އެވެ.
މިއީ ހާއްޕެގެ ކެރިއަރުގައި ބޮޑު އަނިޔާއެއް ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ލިބުނު އަނިޔާއަކާ ގުޅިގެން ގޯލްޑަން ފުޓްސަލް ކަޕްގައި އޭނާގެ އުފަން ރަށް، ރ. އިނގުރައިދޫ ޓީމަށް ނުކުޅެވި، އޭނާ ހުންނަން ޖެހުނީ ދަނޑު ބޭރުގައި ކުޅިބަލާށެވެ. ފުޓްސަލް އާއިލާއިން ހާއްޕެ އަށް ހިތްވަރާއި އުއްމީދު އާ ދިނީ އަނިޔާއިން އަރައިގަނެ، އަލުން މާ ވަރުގަދަކޮށް އެނބުރި ކުޅުމުގެ ތެރެއަށް އައުމަށެވެ.
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަހްމަދު ނިޔާޒާއި އެހެން ކުޅުންތެރިން ދެކޭގޮތުގައި އެ ހިތްވަރު ހާއްޕެގެ ކިބައިގައި ހުންނާނެ އެވެ. އެ އެންމެން ދެކެނީ އޭނާ މާ ގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ.
Ads by MACL
