ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ: މެޑަމް ސާޖިދާ

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ: މެޑަމް ސާޖިދާ

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެކްސް މެދުވެރިކޮށް މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެ ހިއްސާކުރެއްވި ޕޯސްޓެއްގައި، މުދައްރިސުންގެ ޤައުމީ ޚިދުމަތް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ފަސްޓް ލޭޑީގެ ޕޯސްޓުގައި މުދައްރިސުންގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވެފައިވަނީ، "ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް. އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން." މިފަދައިންނެވެ.

އަދި ދިވެހިރާއްޖެއަށް ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރައްވާފައިވެއެވެ.

https://twitter.com/sajidhaamohamed/status/1974688575066198135?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1974688575066198135%7Ctwgr%5Ef17994d964a7f67b476401e033b645a7b3868c9d%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fsajidhaamohamed%2Fstatus%2F1974688575066198135

މި ޕޯސްޓަކީ ދިވެހި މުޖްތަމަޢުގެ ތަރައްޤީއަށް މުދައްރިސުން ކުރައްވާ އަގުނުކުރެވޭނެ މަސައްކަތްތަކަށް ދެއްވި ޝުކުރެކެވެ. މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައިވެއެވެ.