ވެންޓިލޭޓަރ މައްސަލައަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންތަކުގެ މިސާލެއް: އިންތި
ވެންޓިލޭޓަރ މައްސަލައަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންތަކުގެ މިސާލެއްކަމުގައި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރު މައްސަލައަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންތަކުގެ މިސާލެއް ކަމަށާއި، މި މައްސަލަ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި ޖިނާއީ ތަޙްޤީޤުތަކުންވެސް ހާމަވެފައިވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވިއެވެ. މީގެ އިތުރުން، މި މައްސަލައިގެ މަދަނީ ބައި، ނުވަތަ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަރުހަލާގައި، ދުބާއީ ކޯޓު މެދުވެރިކޮށް އިތުރަށް ސާބިތުވެގެން ގޮސްފައިވާ ކަމަށް އިންތި ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލަ ހިނގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، 2020 ވަނަ އަހަރުގައެވެ. ހެލްތު މިނިސްޓްރީން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާ ހަވާލުކޮށް، 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެ، 34 މިލިއަން ރުފިޔާ އެއްފަހަރާ ދޫކޮށްފައިވެއެވެ.
Ads by BMLނަމަވެސް، މި މުޢާމަލާތުގައި އެއްބަސްވި ވެންޓިލޭޓަރުތަކެއް ނުލިބުމާއި، ލިބުނު މަދު ވެންޓިލޭޓަރުތައްވެސް ބޭނުންކުރެވޭ ފެންވަރަށް ނެތުމާ ގުޅިގެން، ދިވެހި ދައުލަތުން ވަނީ ދުބާއީ ކޯޓުގައި މައްސަލަ އުފުލާފައެވެ. މި މައްސަލައިގައި ދުބާއީ ކޯޓުން މިހާރު ވަނީ 31 މިލިއަން ރުފިޔާ އަނބުރާ ދިވެހި ދައުލަތަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފައެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ބުނެފައިވަނީ، މި މަރުހަލާގައި އެ ކުންފުނިން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މި މައްސަލައަކީ އޭރުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި އެންމެ ބޮޑު އެއް މައްސަލައެވެ.
Ads by MACL
