ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފީފާގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުކަން ފުރަތަމަ ލިބުނު ދިވެއްސަކަށް ތޯރިގް!

އެފްއޭއެމް ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) --
އެފްއޭއެމް ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) --

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަށް، ދިވެހި ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރުކަން ލިބިއްޖެއެވެ.

މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ. ޓޮމް މި މަގާމަށް އައްޔަންކުރީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމެއްގައެވެ. އޭނާގެ ދައުރު މި އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ދެމިގެންދާނެއެވެ.

މުޅި ދުނިޔޭގެ ފުޓްބޯޅަ ތަރައްގީކުރުމުގެ ސްޓްރެޓެޖީތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ މި ކޮމިޓީގައި ޓޮމްގެ ބައިވެރިވުމާއެކު، ދިވެހި ފުޓްބޯޅައަށް ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ތަމްސީލެއް ލިބިގެންދާނެއެވެ. އަދި ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ރާއްޖެއިން އިތުރަށް ބާރުއެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ޓޮމްގެ ތަޖުރިބާ އާއި ފުޓްބޯޅައަށް ހުރި ލޯބީގެ ސަބަބުން ދިވެހި ފުޓްބޯޅައަށް އިތުރު ފަހުރާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އެސޯސިއޭޝަނުން ވަނީ ދީފައެވެ.