ތުރުކީގެ އެންމެ ތަޖުރިބާކާރު އެއް ޔުނިވާސިޓީ އަންކަރާ އާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ދެމެދު މުހިންމު އެއްބަސްވުމެއް!
ތުރުކީގެ އެންމެ ތަޖުރިބާކާރު އެއް ޔުނިވާސިޓީ އަންކަރާ އާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ތަޢުލީމީ ގޮތުން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ވަނީ ތުރުކީވިލާތުގެ ތަޖުރިބާކާރު އަންކަރާ ޔުނިވަރސިޓީއާއެކު ދަނޑުވެރިކަމާއި ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ ދާއިރާތަކުގައި އެކަޑަމިކް އެއްބާރުލުން އިތުރުކުރުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
މާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި އަންކަރާ ޔުނިވަރސިޓީގެ ރެކްޓަރ ޑރ. ނެޖްދެތް އުނުވަރެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ސައިންސާއި ޖަނަވާރުތަކުގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުގައި ފަންނީ ޤާބިލުކަން އިތުރުކޮށް، ދިރާސާތަކާއި، ތަމްރީނުތަކާއި، އެކަޑަމިކް ބަދަލުކުރުންތަކުގެ ތެރެއިން މަޢުލޫމާތާއި ހުނަރު ކުރިއެރުވުމެވެ.
Ads by BMLމި އެއްބާރުލުމުގެ ދަށުން، ދެ މުއައްސަސާއިން ވެސް އެކުގައި ދިރާސާތައް ކުރުމާއި، މުވައްޒަފުންނާއި ދަރިވަރުން ބަދަލުކުރުމާއި، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ މިންގަނޑުތައް ރަނގަޅުކުރުމަށް ޚާއްސަ ޕްރޮގްރާމްތައް ތަރައްޤީކުރުމަށް މަސައްކަތްކުރާނެއެވެ.
މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ ވަފުދެއް ވަނީ ޑރ. ނެޖްދެތް އުނުވަރ އަދި ދަނޑުވެރިކަމުގެ ފެކަލްޓީގެ ޑީން ޕްރޮފެސަރ ޑރ. ހަސަން ހުސެއިން އަތަރ އާއެކު، އަންކަރާ ޔުނިވަރސިޓީގެ ތަޖުރިބާއިން މިނިސްޓްރީގެ އިސްކަންދޭ ދާއިރާތަކަށް އެހީތެރިވެދެވިދާނެ ވަކި ދާއިރާތަކަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައިވެރިވުމަކީ ބައިނަލްއަޤްވާމީ އެއްބާރުލުމާއި މަޢުލޫމާތު ޙިއްޞާކުރުމުގެ ތެރެއިން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސާބިތު އަޒުމުގެ ހާމަކަމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހުނަރުތަކާއި، ޢިލްމާއި، ފަންނުވެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
Ads by MACL
