ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯލްޑިވިއަންގެ ކޮޗިން އަދި ޓްރިވެންޑްރަމް ދަތުރުތަކަށް ޚާއްސަ އާ ފެއާއެއް، އަގުތައް ހެޔޮކޮށް ޚިދުމަތްތައް އިތުރުކޮށްފި

މޯލްޑިވިއަންގެ ކޮޗިން އަދި ޓްރިވެންޑްރަމް ދަތުރުތަކަށް ޚާއްސަ އާ ފެއާއެއް، އަގުތައް ހެޔޮކޮށް ޚިދުމަތްތައް އިތުރުކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކޮޗިން އަދި ޓްރިވެންޑްރަމް (ތިރުވަނަންތަޕުރަމް) އަށް ކުރާ ދަތުރުތަކަށް ޚާއްސަ އާ ފެއާއެއް ތަޢާރަފުކޮށްފިއެވެ.

މި ފެއަރގެ ދަށުން ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށްފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓުކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ތަޖުރިބާ ރަނގަޅުވެ، ފަސިންޖަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަންގެ އާ ފެއާއާ ގުޅިގެން ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުންނެވެ. އަދި ތިރުވަނަންތަޕުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުންނެވެ.

https://twitter.com/MaldivianAero/status/1976679405196861537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1976679405196861537%7Ctwgr%5E043210422cc8a25a39ee5161d32c67c09bc4aae9%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F166591

މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓުގެ އަގު ހެޔޮކުރުމުގެ އިތުރުން ފޯރުކޮށްދޭ ޚިދުމަތްތައްވެސް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެ މަޤްޞަދަކީ ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމެވެ.

މި ބަދަލާއެކު ފަސިންޖަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، އޭ320 ފްލައިޓްގެ އިކޮނޮމީ ކްލާހުގައި 20 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއާއި، ކޮމްޕްލިމަންޓްރީ ހޮޓް މީލް އަދި ބުއިންތައް ހިމެނެއެވެ. މީގެ އިތުރުން ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 30 ކިލޯގެ ބެގޭޖް އެލަވަންސްއާއި، އަވަސް ޗެކް-އިން ޚިދުމަތާއި، ޓިކެޓުގެ ދުވަސް ބަދަލުކުރުމުގެ ފުރުސަތު އިތުރު އަގަކާ ނުލައި ލިބޭނެއެވެ.

މޯލްޑިވިއަނުން ފާހަގަކުރައްވާ ގޮތުގައި، މި ބަދަލަކީ ހަމައެކަނި ވިޔަފާރިއަށް ފައިދާވާ ކަމެއް ނޫނެވެ. މިއީ މުޅި ގައުމަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ދެކުނު އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 އާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކުގެ އިތުރުން، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.