ދޯންޏެއް އަޑިއަށްގޮސް އޭގެބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ ރިޕޯޓުތައް ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮފައެވެ.
"އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
Ads by BMLމި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ޖުމްލަ ގޮތެއްގައި މޫސުން ގޯސް ދުވަސްވަރެކެވެ. ވައިބާރުވެ، ކަނޑުތައް ވެސް ގަދަވާނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަކީ މުހިންމު ކަމެކެވެ.
Ads by MACL
