ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

37 ވަނަ ޤުރުއާން މުބާރާތުގެ ތާރީޚީ ކާމިޔާބީގެ ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމް ރިޟާއަށް!

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން،
ފޮޓޯ: މިނިސްޓްރީ
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ފާޠިމަތު ޝާޔާ ޒާހިރު، ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޟާއަށް ލިބިއްޖެއެވެ.

މި އަހަރުގެ 37 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ތާރީޚީ ކާމިޔާބީއެއް ހޯދި މުބާރާތެކެވެ. މިއީ މިފަދަ މުބާރާތެއްގައި މިހާތަނަށް ދެވުނު އެންމެ އަގުހުރި އިނާމުތަކުގެ ސަބަބުންނެވެ. އެގޮތުން، މި މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ހާސިލްކުރީ ފާތިމަތު ޝާޔާ ޒާހިރާއި، އައިޝަތު ޝަބާ އާއި، އަޙްމަދު ޝައިމް ރިޟާއެވެ. މި ކާމިޔާބީގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ވަޒީރުންނެވެ. މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވިއެވެ.


މުޅި މުބާރާތުން ޙާފިޡުންގެ ގޮފިން އެއްވަނަ ހާސިލްކުރީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.


މި އަހަރުގެ މުބާރާތުގައި މުއައްސަސާތަކުގެ ތެރެއިން އެއްވަނައަށް ދިޔައީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.


މި މުބާރާތަކީ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރެވެ. ފަޚުރުވެރި ވަނަތަކަށް ދެވުނު އިނާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ޚާއްޞަ އިނާމުތަކާއި، ޕީއެޗްޑީ ސްކޮލަރޝިޕް ހިމެނެއެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ދޭ 75 ހާސް ރުފިޔާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވި ޢުމްރާ ދަތުރުވެސް ހިމެނެއެވެ.
މި އަހަރުގެ ޤައުމީ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބޭއްވި މުބާރާތެކެވެ.