ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑިތީމަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް!

ރައީސް ކަނޑިތީމަށް ވަޑައިގަތުމުން ގިނައަދަދެއްގެ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައި -- ފޮޓޯ: ރައީސް އޮފީސް
ރައީސް ކަނޑިތީމަށް ވަޑައިގަތުމުން ގިނައަދަދެއްގެ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގެންނެވި ދެވަނަ ރަށް ކަމަށްވާ ކަނޑިތީމަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ރައީސަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަނޑިތީމުގެ އިތުރުން ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ވަޑައިގެންނެވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކަނޑިތީމަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ އާއްމު ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ހިޔާލުފުޅުތައް އަޑުއައްސަވާނެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި، ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލުތައް އަތޮޅުއްވައި، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.