އެމްޑީޕީގެ މަތީ މަޤާމުތައް ލިބެނީ "ނުލަފާކަން" ހުންނަ ފަރާތްތަކަށް: ފަލާހް
އެމްޑީޕީގެ މަތީ މަޤާމުތައް ގިނަ ފަހަރަށް ލިބެނީ "ނުލަފާކަން" ހުންނަ ބޭފުޅުންނަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ އަޚްލާޤީ ފެންވަރާ މެދު ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް، ސުވާލު އުފައްދަވައިފިއެވެ.
ޚާއްޞަ ގޮތެއްގައި މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ ހެދުން އެޅުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުން ފާޅުކުރައްވަމުން ފަލާހް ވިދާޅުވީ، ނުލަފާކަން ނެތް ނަމަ އެމްޑީޕީގެ މަތީ މަޤާމުތައް ހައްގު ނުވާނެ ކަމަށެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ، މެންބަރުން ހެދުން އެޅުމުގެ އުސޫލާ ގުޅޭ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހް ފާހަގަކުރެއްވި ގޮތުގައި، މި ވިހިވަނަ މަޖިލީސް ފެށުނު ފަހުން އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅުއްވައި އަދި ހުސްގަޔާ ވެސް މަޖިލީހަށް ވަޑައިގަންނަވާކަން ފާހަގަކުރެވިފައިވެއެވެ. ޒަމާނުއްސުރެ މަޖިލީހަށް ވަޑައިގަންނަވާ މެންބަރުން ފަޓުލޫނާއި ގަމީހާއި ޓައީ ތުރުކުރައްވައިގެން ރީތިކޮށް ހެދުން އަޅުއްވައި އުޅުއްވިކަން ފަލާހް ފާހަގަކުރެއްވިއެވެ.
Ads by BMLމިފަދަ ކަންތައްތަކަކީ މަޖިލީހުގެ ކަރާމަތަށް އުނިކަން ގެނުވާ އަދި ރައްޔިތުންނަށް ނަމޫނާއަކަށް ވާން ތިބި ބަޔަކު ކުރުން އެކަށީގެން ނުވާ ކަންކަން ކަމަށް ފަލާހް ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރުން އަޚްލާޤީ ގޮތުން ރަނގަޅުވެ، ރައްޔިތުންނަށް ދައްކަނީ ނުބައި ސިފަތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ފަލާހް ވަނީ މިގޮތުން "ނުލަފާކަން" ހުންނަ ބޭފުޅުންނަށް އެމްޑީޕީގެ މަތީ މަޤާމުތައް ލިބޭކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، "އެ ބޭފުޅުންގެ [އެމްޑީޕީގެ] ތެރޭގައި އަބަދުވެސް މަޝްހޫރު ވަނީ، މަތީ މަޤާމުތަކަށް އެމްޑީޕީގައި މި އާދެވެނީ ނުލަފާކަން ހުންނަ ބޭފުޅުން. ގިނަ ފަހަރަށް ނުލަފާ ނޫނިއްޔާ އެ މަޤާމުތައް ޙައްޤެއް ނުވޭ އެމްޑީޕީ އަޚުލާޤުގެ މިންގަނޑެއް ހުއްޓަސް އެ ބޭފުޅުންގެ ތެރޭގައި މަތީ މަޤާމަކަށް ނާދެވޭ، މި ރައްޔިތުން މަޖިލީހަކަށް ނުވަދެވޭ" މިފަދައިންނެވެ.
ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އުޅުމަކީ ވަރަށް މޮޅު ކަމެއް ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ދެކޭ ކަމަށް ވެސް ފަލާހް ތުހުމަތުކުރެއްވިއެވެ.
Ads by MACL
