ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރު ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދިވެހީންނަށް ދިނުމަށް މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި ފަހުމުނާމާގެ ދަށުން ޖުމުލަ 625 ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވިގެންދާނެ --- ފޮޓޯ: މިނިސްޓްރީ
މި ފަހުމުނާމާގެ ދަށުން ޖުމުލަ 625 ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވިގެންދާނެ --- ފޮޓޯ: މިނިސްޓްރީ

ބޭރު ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދިވެހީންނަށް ދިނުމަށް މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން، ބޭރު ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދިވެހީންނަށް އުނގަންނައިދީ ތަމްރީނުކުރުމަށް މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރެވިފައެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކުރުމެވެ.

މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ހުނަރު އިތުރުވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

https://twitter.com/MoHEmv/status/1977714393849975178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1977714393849975178%7Ctwgr%5E357573a3b965ac49711a1016fe5a61b8575ad43a%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMoHEmv%2Fstatus%2F1977714393849975178

މި ފަހުމުނާމާގެ ދަށުން ޖުމުލަ 625 ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވިގެންދާނެއެވެ. މިކަމަކީ ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރަށް ތަޢުލީމާއި ތަމްރީނު ލިބިގަތުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިފަދަ ޕްރޮގްރާމްތަކަކީ ޤައުމީ ތަރައްޤީއަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.