ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިލެތްފަހީގައި އެއާޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ބިލެތްފަހީގައި އެއާޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން، ށ. ބިލެތްފަހީގައި އައު އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ވަނީ މި މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ކަމަށް ވާއިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީއެވެ.

މި އެއާޕޯޓު ތަރައްގީކުރުމަކީ 2020 ވަނަ އަހަރުގެ ސަރުކާރުން އިޢުލާނުކުރި މަޝްރޫޢެއް ނަމަވެސް، އެ މަސައްކަތް އޭރު ފަށާފައިނުވާކަން ފާހަގަކުރެވެއެވެ. މި ސަރުކާރުން މި މަޝްރޫއު ފެށުމާއެކު، ށ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކާއި އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.