ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

ށ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

ށ. ގޮއިދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ފަސޭހަ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ގާއިމުކުރި ނިޒާމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ގޮއިދޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން އާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ގޮއިދޫގެ ތަރައްޤީއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެމްޑަބްލިއުއެސްސީން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ގޮއިދޫގައި ފެން ޕްލާންޓް ބަހައްޓާނެ ޒަމާނީ ފެސިލިޓީ ބިލްޑިންގއެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން، ރަށުގެ އެކި ހިސާބުތަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ބޭނުންވާ މައި ނެޓްވޯކާއި، ސީ އައުޓް ފޯލް، އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައެވެ. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުންވާ ބޯހޯލް ތޮރުފައި، ފެން ރައްކާކުރުމަށް ޚާއްސަ ތާންގިތައް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ނަރުދަމާ ނިޒާމަށް ބޭނުންވާ ޕަންޕިން ސްޓޭޝަންތައް ވެސް ގާއިމުކުރެވިފައިވާ އިރު، ކޮންމެ ގެއަކަށް ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ދީފައެވެ. މި ޚިދުމަތްތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްތައް ވެސް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.