މިދިޔަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް 9.5 މިލިއަން ރުފިޔާ ދޫކޮށްފި
މިދިޔަ ހަފުތާގައި 276 ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށް ޖުމުލަ 9.5 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަ އިސްކަމެއް ދެއްވައި، މަސްވެރިންނަށް އަވަހަށް ފައިސާ ދެއްކުމަށް މަސައްކަތް ކުރައްވަމުންދާއިރު، މިފްކޯގެ މި ހަރަކާތަކީ މަސްވެރިންގެ ދިރިއުޅުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި މަސްކިރުވި ދޯނިތަކުގެ އަދަދު ވަނީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 17.4 އިންސައްތަ އިތުރުވެފަ އެވެ. އެހެންނަމަވެސް، މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު ވަނީ 3.04 އިންސައްތަ ދަށްވެފަ އެވެ.
Ads by BMLހޮނިހިރު ދުވަހަކީ މިދިޔަ ހަފުތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވުނު ދުވަހެވެ. އެދުވަހު 53 ދޯންޏަކުން މަސްކިރުވާފައިވާއިރު، 2,161,726 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މިފްކޯއިން މަސްގަތުމުގެ މުއާމަލާތްތައް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. 48 ގަޑިއިރުގެ ތެރޭގައި މަހުގެ ފައިސާ ދޫކުރުމުގެ އުސޫލު ދަނީ ކުރިއަށެވެ.
Ads by MACL
