ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑިވެލޮޕްމަންޓް ބޭންކު ވަރަށް އަވަހަށް އޮޕަރޭޝަނަލައިޒް ވާނެ: މިނިސްޓަރު ސައީދު

ޑީބީއެމްގެ މައި އޮފީސް --
ޑީބީއެމްގެ މައި އޮފީސް --

އިގްތިސާދީ ތަރައްގީއަށް އާ ބޮޑު ކުރިއެރުމެއް ގެނެސްދިނުމަށް އުފައްދާފައިވާ ދިވެހި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް ބޭންކުގެ ހިދުމަތްތައް ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެން ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތުގެ މައުލޫމާތު މިނިސްޓަރު ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވަނީ މި ބޭންކަކީ އާންމު ބޭންކުތަކާ ތަފާތު ބޭންކެއް ކަމަށް ހާމަކުރައްވާފައެވެ. އާންމު ރައްޔިތުން އެކައުންޓް ހުޅުވައި، ދުވަހުން ދުވަހަށް ފައިސާ ނަގާ ބޭންކެއްގެ ގޮތުގައި މި ބޭންކު ނުވާނެ ކަމަށާއި، މިއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައި، ގައުމީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މުހިންމު ނިޒާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް 2024 މެއި 16 ވަނަ ދުވަހު އުފެއްދެވި މި ބޭންކުގެ މައިގަނޑު މަގުސަދަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކުރުމުގެ އިތުރުން، އުމްރާނީ ތަރައްގީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޑިވެލޮޕްމަންޓް ބޭންކު އޮޕަރޭޝަނަލައިޒް ވުމާއެކު، ދިވެހި ރާއްޖޭގެ ތަރައްގީގެ ދަތުރަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.