ސިނގިރޭޓް ކޮންޓެއިނަރ ވަގަށް ނެގުން: ތަހުގީގު ފަށައި 4 މީހުން ހައްޔަރަށް، ވިޔަފާރިވެރިޔަކު ހިމެނޭ
ކަސްޓަމުން ހިފަހައްޓާފައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 2 ސިނގިރޭޓް ކޮންޓެއިނަރ ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގު ފަށައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަނަށް 4 މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ވިޔަފާރިވެރިއެއް ހިމެނޭ ކަމަށެވެ.
މައްސަލަ މިހާރު އެ މުއައްސަސާއިން ތަހުގީގުކުރަމުން އަންނައިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާނެ ކަމަށާއި، މި މައްސަލައިގައި ހަތަރު މީހަކު މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ، މި މައްސަލައާ ގުޅިގެން، އެކަން ރާވައި، ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ މީހުންކަމަށް ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވެފައިވެއެވެ.
Ads by BMLހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް އޮފިސަރެއްގެ އިތުރުން، އިތުރު މީހަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މިރޭ ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް އުޅަނދުތަކާއި ތަންތަން ވެސް ބަލައި ފާސްކޮށްފައިވެއެވެ.
Ads by MACL
