ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިމިދިޔަ ހަފްތާ: ސިޔާސީ ދާއިރާއިން މުހިންމު ނިންމުންތަކެއް ނިންމި!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ނިމުނު ހަފުތާގައިވެސް ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގިއެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލަލާއިރު އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ދޫކޮށްލައި، އަނިޔާކޮށްފިނަމަ ޖޫރިމަނާކުރާގޮތަށް މަޖިލީހަށް ބިލެއް ހުށައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް ރިޔާސަތުން ނިންމެވީ މިދިޔަ ބުދަ ދުވަހު ޖަލްސާގައެެވެ.

ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކަށް ބަލާލާއިރު ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަން ފެށުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާދެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ.

ސުޢޫދު އިސްތިއުފާދެއްވިކަން އިޢުލާންކުރެއްވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އޭސީސީން ބަލަމުންދާތީ ސުޢޫދު ހިމެނޭހެން އެ ފަނޑިޔާރުން ސަސްޕެންޑްކުރީ ނިމުނު މަހުއެވެ.

މީގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ ޗީފް އެގޒެކެޓިވް އޮފިސަރކަމުގެ މަޤާމުން ޑރ. ވިޓާލީ ލިއުބިމޮވް ވަކިކުރައްވައި އެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ.