ހުޅުމާލޭގައި އިމިގްރޭޝަނުގެ ޚާއްސަ އޮޕަރޭޝަނެއް: ޤަވާޢިދާ ޚިލާފަށް އުޅުނު 12 ބިދޭސީއަކު ހައްޔަރުކޮށްފި
ގާނޫނާ ޚިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރާ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ހުޅުމާލެ ފޭސް 1 ގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޖުމްލަ 12 ބިދޭސީއަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކަމަށް އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުންނާއި، ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ 3 މީހުންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 4 މީހުންނެވެ.
Ads by BMLމީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ މިފަދަ އެތައް އޮޕަރޭޝަނެއް ހިންގައި، ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެ ކަމަށެވެ.
Ads by MACL
