ރައީސް ޑރ މުއިއްޒުގެ އިސްލާހީ މަސައްކަތަށް ތައުރީފްކޮށް ބޭރު މީޑިއާ ތަކުގެ ސަމާލުކަމަށް!
ރައީސް ޑރ. މުޢިއްޒުގެ އިސްލާހީ މަސައްކަތަށް ބޭރު މީޑިއާތަކުގެ ސަމާލުކަން ލިބި ޤާނޫނުގެ ހުކުމް ދެމެހެއްޓެވުމަށް އިސްކަންދެއްވައި، ރާއްޖޭގެ ސުލްޙަ މަސްލަހަތު ރައްކާތެރިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފްކޮށްފިއެވެ.
ސްރީލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެއިލީ މިރަރ" އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތައުރީފްކޮށް، އެމަނިކުފާނުގެ އިސްލާހީ މަސައްކަތްތަކަށް މިވަނީ ތައުރީފު ކޮށްފައިވާއިރު، ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ސުލްޙަ މަސްލަހަތާއި އެއްބައިވަންތަކަން ރައްކާތެރިކުރެއްވުމަށް، ޤާނޫނުގެ ހުކުމް ދެމެހެއްޓެވުމަށް އިސްކަންދެއްވާކަން އެނޫހުން ވަނީ ފާހަގަކުރައްވާފައެވެ.
ޑެއިލީ މިރަރގައި މިއަދު ގެނެސްދިން ރިޕޯޓެއްގައި ބުނާ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވައި، ޢަމަލީ ނަތީޖާތައް ނެރުއްވުމަށް ވަރަށް ބޮޑަށް އަޒުމް ކަނޑައަޅުއްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެއްބައިވަންތަކަމާއި ސުލްޙަ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ޤާނޫނުގެ ހުކުމް ދެމެހެއްޓެވުމަށް އިސްކަންދެއްވުން ކަމަށްވެސް ބުނެފައިވެއވެ.
Ads by BMLރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ ނުރައްކާތެރިކަން އިތުރުވުމާއި، ގޭންގުތަކާ ގުޅުންހުރި ކުށްތައް އާންމުވުން ހިމެނޭކަމަށާއި، މި މައްސަލަތައް ވަނީ ތަކުރާރުކޮށް ފާހަގަކުރެވިފައިކަމާ އެކަންކަން އެމަނިކުފާނުގެ ވެރިކަމުގައި އިސްލާޙް ކުރެއްވުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެނޫހުގައި ބުނެފައިވެއެވެ.
މި މައްސަލަތައް ޙައްލުކުރުމަކީ މުޖުތަމަޢަށް ހަމަޖެހުމާއި އެއްބައިވަންތަކަން ގެނެސްދޭނެ ކަމެއް ކަމުގައިވާއިރު، އަދި މި ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް، ލޯކަލް ކައުންސިލްތަކާއި، އެންޖީއޯ ތަކާއި، މުހިންމު އެހެނިހެން ބައިވެރިންގެ އެހީތެރިކަމާއި ބައިވެރިވުން އެކުލެވޭހެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.
އެނޫހުން ގެނެސްދިން މިރިޕޯޓް ވައިރަލް ވަމުންދާއިރު، ވަރަށް ގިނަބަޔަކު ދަނީ ކޮމެންޓް ސެކްޝަންގައިވެސް މިކަމަށް ތައުރީފްކޮށް ރައީސް ޑރ. މުޢިއްޒުގެ ޒައާމަތަށް ތާއީދުކުރާ ކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
Ads by MACL
