ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހިދުމަތަށް ހުޅުވައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ތަރައްގީއެއް ގެނެސް، އައު ޓާމިނަލް ހިދުމަތަށް ހުޅުވައިފިއެވެ. މި ބަދަލާއެކު، ކުރިން ހިދުމަތް ދެމުން އައި ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް މިހާރު ވަނީ އައު ޓާމިނަލަށް ބަދަލުކުރެވިފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "އޮރާޓާ ޕްރޮސެސް"ގެ ދަށުންނެވެ.
އައު ޓާމިނަލަށް ޚިދުމަތްތައް ބަދަލުކުރުމަށްފަހު، އެމްއޭސީއެލްއިން ވަނީ ފަސިންޖަރުންނަށް ޚިދުމަތްދީ، ޓާމިނަލްގެ އޮޕަރޭޝަންތައް ކަށަވަރުކޮށްފައެވެ. މިހާރު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު، ރަސްމީކޮށް އަންނަ މަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ، ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭނެފަދަ ރަންވޭއެއް ގާއިމުކުރުމުގެ ބޭނުމުގައެވެ. މީގެ ސަބަބުން ރަންވޭއާއި ކައިރީގައި ހުރި ކުރީގެ ޓާމިނަލް އިމާރާތާއި އެ ސަރަހައްދުގައި ހުރި އުސްތަންތަން ހުސްކުރަން ޖެހިފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
Ads by BMLހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ތަރައްގީކޮށްފައިވާ ރަންވޭގެ ދިގުމިނަކީ 2465 މީޓަރެވެ. މިއީ ބޮއިން 737 އަދި އެއާބަސް A320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
Ads by MACL
