ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއަށްވުރެ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ހީވާގި، ހިތްތިރި ރައީސެއް އަދި މިރާއްޖެ ނުދެކޭ: މެންބަރ އަލީ އިބްރާހިމް

މެންބަރ އަލީ އިބްރާހިމް ރައީސް މުޢިއްޒު އަރިހުގައި ---
މެންބަރ އަލީ އިބްރާހިމް ރައީސް މުޢިއްޒު އަރިހުގައި ---

ރައީސް ޑރ. މުޢިއްޒަށްވުރެ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ހީވާގި، ހިތްތިރި ރައީސެއް އަދި މިރާއްޖެ ނުދެކޭކަމަށް މެންބަރ އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހިމް (ކައްޕި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ތާރީޚުގައި ވެސް މިހާ ހީވާގި، ހިތްތިރި އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ރައީސެއް ނުފެންނަ ކަމަށެވެ.

އަލީ އިބްރާހިމްގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތައުރީފު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނަކީ "ހަޤީޤަތުގައިވެސް ރައްޔިތުންގެ ރައީސް" ކަމަށެވެ. މެންބަރު އަލީ އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުއަކީ އަތްވަކަށް އަދި ވިއްސާރައަކަށް ބެލުމެއްނެތި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ވީހާވެސް ގާތުން ވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ދަނީ ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަމުންކަމަށެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވަނީ އުފާވެރި ފާގަތި ދުވަސްތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަލީ އިބްރާހިމް ވިދާޅުވިއެވެ.

https://twitter.com/IbrahimKappi/status/1978800212299948160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1978800212299948160%7Ctwgr%5E8f699ea30cb222b1f59a0f1a0d0f9311274cd079%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FIbrahimKappi%2Fstatus%2F1978800212299948160

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފުޅު ކުރައްވައި، ރައްޔިތުންނާއި ސީދާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ޝަކުވާތައް ގެންދަވަނި އައްސަވަމުންނެވެ. މިކަމަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާއިރު، ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. 

މީގެ ކުރިންވެސް ގިނަ ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ރައީސް މުޢިއްޒުއަށް މިފަދަ ތައުރީފުތައް ކުރައްވާފައިވެއެވެ. ޚާއްސަ ގޮތެއްގައި، ރައީސްކަމާ ހަވާލުވެވަޑައިގަތްތާ ކުރު މުއްދަތެއްގެ ތެރޭގައި ވެސް ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކާއި، ރައްޔިތުންނަށް ދެއްވާ ސަމާލުކަމުގެ ސަބަބުން އެމަނިކުފާނަށް ރައްޔިތުންގެ ލޯތްބާއި ހަމްދަރުދީ އަންނަނީ ލިބެމުންނެވެ.