ރައީސް މުޢިއްޒުގެ ށ.އަތޮޅު ދަތުރުފުޅު ނިންމަވާލައްވައި، ތަރައްޤީގެ އުންމީދުތަކާއެކު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ 14 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ފައްޓަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޙާލަތު ގާތުން ބައްލަވައިލެއްވުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒު ވަނީ މިލަދުންމަޑުލު އުތުރުބުރީގެ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނު މި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި އާއްމު ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށާއި ރައްޔިތުންގެ ހާލަތާއި ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައި، އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މިގޮތުން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫޢުތައް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. އެމަނިކުފާނު ވަނީ މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރު ކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
Ads by BMLމި ދަތުރުފުޅުގައި، ކަނޑިތީމުގައި ބީ.އެމް.އެލްގެ އޭޓީއެމެއް ރައީސް ހުޅުއްވައިދެއްވި އިރު، ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީވެސް އެމަނިކުފާނެވެ.
Ads by MACL
