ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއީ މުޅިން ތަފާތު ވައްކަމެއް، ބޮޑު ފިހާރައިން މިފަހަރު ގެންދިޔައީ 2 ކިރުދަޅު!

ސީސީޓީވީގެ ފުޓޭޖް ގެ ސްކްރީން ޝޮޓެއް ---
ސީސީޓީވީގެ ފުޓޭޖް ގެ ސްކްރީން ޝޮޓެއް ---

އައްޑޫސިޓީ ހުޅުދޫގައި ހުންނަ ބޮޑު ފިހާރައަކުން ރޭ މެންދަމު ވަގަށް ވަދެ، އެންމެ ދެ ކިރުދަޅު ނަގައިގެން ވައްކަން ކޮށްގެން ދިޔަ މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އާދެ، މިއީ ހަމަގައިމުވެސް މުޅިން ތަފާތު ވައްކަމެއް ކަމަށް ބެލެވެއެވެ.

މި ވީޑިއޯއިން ފެންނަނީ ފިހާރައަށް ވަދެ، ކިރުދަޅުތައް ނަގައިގެން ފިލައިގެން ދާ މަންޒަރެވެ.

ފިހާރައިގެ ސީސީޓީވީ ފުޓޭޖުން އެނގޭގޮތުގައި، މިކަން ހިނގާފައިވަނީ މެންދަމު 02:56 ހާއިރުއެވެ. އެމީހާ ފިހާރައަށް ވަދެފައިވަނީ ކަށިގަނޑެއް ފަދަ އެއްޗަކުން ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެންނެވެ. ފިހާރައަށް ވަނުމަށްފަހު، އެމީހާ ވަނީ ކޯސްޓް ބްރޭންޑްގެ ދެ ކިރުދަޅު ނަގާފައެވެ.

ވީޑިއޯއިން އިތުރަށް ފާހަގަވާ ގޮތުގައި، އެމީހާ އެހެން އެއްވެސް އެއްޗެއްގައި އަތްލާފައި ނުވެއެވެ. އަދި ކައުންޓަރުގެ ވަތްގަނޑު ހުޅުވާފައިވާ މަންޒަރެއް ވެސް ފެނިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ފިހާރަތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަނީ ގިނަ އަދަދަކަށް ހުށަހެޅިފައެވެ. މިފަދަ މައްސަލަތަކުގައި މީހުންނަށް ބަންދުގެ މުއްދަތު ޖަހައި، ކޯޓުން ހުކުމްކޮށްފައި ވެއެވެ. އަދި ބައެއް ފަހަރުމިފަދަ މައްސަލަތައް ޕީޖީ އޮފީހާ ހަމައަށް ވެސް ގޮސްފައި ވެއެވެ.