ގައުމީ ކުޅުންތެރިންނާއި ގުޅޭ ގިނަ މަސައްކަތް ކުރަން އެބަހުރި، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހައްލު ގެނެސްދެއްވާނެ: ކައްޕި
ގައުމީ ކުޅުންތެރިންނާއި ގުޅޭ ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށާއި، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހައްލު ގެނެސްދެއްވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަލީ އިބްރާހިމް (ކައްޕި) ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކައްޕި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމީ ކުޅިވަރަށް ދެއްވާ ސަމާލުކަމުގެ ތެރެއިން، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކުރައްވައިފި ކަމަށާއި، މިކަމަށް ގިނަ ބަޔަކު ދަނީ ތަރުޙީބު ދެމުން ކަމުގައެވެ. ކައްޕި އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ކުޅިވަރުގެ އާއިލާ ހެއްވާލަ ދެއްވައިފި ކަމަށެވެ.
"ޒަމާންތަކަކަށް ނުވެފަ އޮތް ޤައުމު ތަމްސީލުކުރާ ޓީމް ތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށް، ރައީސް ޑރ މުޢިއްޒު ކުޅިވަރުގެ އާއިލާ ހެއްވާލަ ދެއްވައިފި! މި މަސައްކަތުގައި އަދިވެސް ކުރަންޖެހޭ ވަރަށް ގިނަކަންކަން އެބަހުރި، ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. ޝުކުރިއްޔާ ރައީސް." ކައްޕި ވިދާޅުވިއެވެ.
Ads by BMLކުޅިވަރުގެ ދާއިރާއިން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ، މި ސަރުކާރުން ކުޅިވަރަށް ދެއްވާ ސަމާލުކަން ފާހަގަކުރެވޭ ކަމަށާއި، ޚާއްސަކޮށް ގައުމީ ޓީމުތަކަށް ދެވޭ އެލަވަންސް އިތުރުކުރުމަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށެވެ. މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ދަށްކަމަށް ބުނެ ގިނަ ޝަކުވާ އުފެދިފައިވެ އެވެ.
https://twitter.com/IbrahimKappi/status/1979533046031478888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1979533046031478888%7Ctwgr%5E24a17ff1c7168a9965cc2c90639dbb746f9b8b3f%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FIbrahimKappi%2Fstatus%2F1979533046031478888މަޖިލިސް މެންބަރު އަލީ އިބްރާހިމް (ކައްޕި) އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ޤައުމީ ބަސްކޮޅު "އޭ ދިވެހީންގެ ފަޚުރުވެރި ދިދައާ، ތިބާދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން" މި ބަސްކޮޅުގެ ހަގީގީ މާނަ ދިވެހި ރައްޔިތުންނަށް އިޙްސާސް ކުރެވެމުންދާ ކަމަށެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ދެއްވާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ކައްޕި ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އައު ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، ކުޅިވަރު އެކަޑަމީތައް ހިންގުމާއި، ކުޅިވަރަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ. އަލީ އިބްރާހިމްގެ ޕޯސްޓުން ހާމަވާ ގޮތުގައި، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މިއީ ގައުމީ ކުޅިވަރަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުންދާއިރު، ކުޅުންތެރިންނަށް މާލީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވުމަކީ، ގައުމީ ފެންވަރުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
Ads by MACL
